ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ހަތަރު ރިސޯޓަކުން ނެގި ސާމްޕަލްތައް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކޮލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށެވެ.
މި ރިސޯޓްތަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވުމާއިއެކު އެރަށްތައްވަނީ މޮނިޓަރުންގެ ހާލަތުން ނެގިފައިކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.