ދިރާގު ހޯމް ފިކްސްޑް ބޮރޯޑްބޭންޑުން 50 ޕަސެންޓުގެ ޑިސްކައުންޓް

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު މަހުގެ ބާކީ އޮތް ދުވަސްތަކާއި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން %50 ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި މަހުގެ ބާކީ އޮތް ދުވަސްތަކާއި އަންނަ އޭޕްރީލް މަހު އެކްޓިވޭޓްކުރާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް އެޑް-އޮންތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވުމުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމަށް ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އެޑް-އޮންތައް ދިރާގު މޯބައިލް އެޕާއި ދިރާގު ވެބްސައިޓުގައިވާ “މައިއެކައުންޓް” މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައެވެ. އަދި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައެވެ. ހަމަމިއާއެކު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު މަހާއި އެޕްރީލް މަހު ދިނުމަށްވެސް ދިރާގުން ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!