ފެލެއިނީ އާއި ކޮންޓެކްޓުވި ދެ ދިވެހިންގެ ނަތީޖާ ނެގެޓިވް

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މަންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ މީހެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުގައި ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަރުއާން ފެލައިނީއާ ކޮންޓެކްޓުވި އެ ދެ މީހުން ވައިރަހަށް ނެގަޓިވް ކަމަށް ޓެސްޓުން ދައްކާ ކަމަށެވެ. އެހެންކަމުން، އެ ދެ މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ އަށް ވަނަ ދުވަހުން 12 ވަނަ ދުވަހަށް ރާއްޖެ އައި ފެލެއިނީ ރާއްޖޭގައި ހުރެފައި އަނބުރާ ޗައިނާއަށް ދިޔަ ފަހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ފެލެއިނީ ރާއްޖޭގައި ހުރީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ފެލެއިނީ ޕޮޒިޓިވްވުމުން އޭނާއާ ޑައިރެކްޓު ކޮންޓެކްޓުވި އެމްއޭސީއެލްގެ ދެ ސްޓާފުން ހޯޑައި އެ ދެ މީހުން ވަނީ އައިސޮލޭޓުކޮށްފައެވެ. އެ ދެ މީހުން މާލޭގައި ދިރިއުޅޭ ދެ ގެވެސް މޮނިޓަރިންގެ ހާލަތަށްގެނައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!