ކޮރޯނާވައިރަހުގެ ސަބަބުން ވަރި ގިނަވަނީ

ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާގައި މިހާރު ވަރި ގިނަވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިވެރިޔާ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން، ގުޅުން ހީނަރުވެގެން ވެސް ވަރި އިތުރުވަމުންދެ އެވެ. އަދި ޗައިނާގައި ކޮރޯނާވައިރަސް ފެތެރުން ފެށި ފަހުން ވަރީގެ މައްސަލަތައް ވަރި/ކައިވެނިތައް ރަޖިސްޓްރީކޮށްދޭ އޮފިސްތަކާ ހަމައަށްދާ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި ޗައިނާ މިހާރު ކޮވިޑް-19 ގެ ބަލިމަޑުކަމުން ކުޑަވެ، ކައިވެނިތައް ރަޖިސްޓްރީކޮށްދޭ އޮފީސްތައް ވެސް މި މަހުގެ 1 ވަނަ ދުވަހު އަލުން ހުޅުވުމާ އެކު، ގިނަ އަދަދަކަށް ވަރީގެ މައްސަލަތައް ދަނީ ހުށަހަޅަމުންނެވެ.

ސަޕްޗައިނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޗުއާން ޕްރޮވިންސްގެ ޑެޒޯ ސިޓީން މިދިޔަ މަހުގެ 24 އާ ހަމައަށް އެކަނި ވެސް ވަރީގެ 88 މައްސަލަ ބަލާފައިވާ އިރު، މިހާރު 100 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބަހުއްޓެވެ.

މިކަމާ ބެހޭ ގޮތުން ޑެޒޯގެ ކައިވެނި ރަޖިސްޓްރީކުރާ އޮފީހުގެ ވެރިޔާ ލީ ޝިޖުން ވިދާޅުވީ މި ދަނޑިވަޅުގައި ވަރި ގިނަވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ކަރަންޓީނާއި އައިސޮލޭޝަނާ ހެދި ކުރިމަތިވަމުންދާ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފުސާނީ މައްސަލަތަކާ ހެދި އެވެ.

“އެހެންވެ މި ހާލަތުގައި ސައިކޯސޯޝަލް ސަޕޯޓް ވެސް ވަރަށް މުހިއްމު.” އޭނާ ވިދާޅުވި އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ކޮރޯނާވައިރަހާ އެކު، މުޖުތައުތަކަށް އައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޗައިނާގައި ވަރީގެ ނިސްބަތްދާނީ އިތުރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!