ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން، ރިއާނާގެ ފަރާތުން 5 މިލިއަން

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން، މަޝްހޫރު ލަވަކިޔުންޔެރިޔާ ރިއާނާ 5 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.

އޭނާގެ މާމަ އާއި ކާފަގެ ނަމުގައި އުފައްދާފައިވާ ކްލާރާ ލައިނަލް ފައުންޑޭޝަން (ސީއެލްއެފް) އިން ހަދިޔާކުރާ ފައިސާ، ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެކި ޖަމިއްޔާތަކަށް ފޯރުކޮށްދޭނެ އެވެ.

އޭގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ކޮވިޑް-19 ސޮލިޑޭޓަރީ ރެސްޕޮންސް ފަންޑާއި ޑައިރެކްޓް ރިލީފް ޕާޓްނާޒް އިން ހެލްތު، ފީޑިން އެމެރިކާ އާއި އިންޓަނެޝަނަލް ރެސްކިއު ކޮމިޓީ ފަދަ ތަންތަން ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން ސީއެލްއެފްގެ އެކްޒެކެޓިވް ޑިރެކްޓަރު ޖަސްޓީން ލޫކަސް ވިދާޅުވީ މިފަދަ ނާޒުރު ހާލަތެއްގައި އެތައް ބަޔަކަށް ރިއާނާގެ ފަރާތުން އެހީ ދިނުމަކީ އިންސާނިއްޔާތަށްޓަކައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. 

ރިއާނާ، 32، އަކީ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރާ ފަންނާނެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!