ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިފައިވާ ކަމަށް މޯލްޑިވަސް ބްލަޑް ސާވިސް އިން ބުނެފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އިލްތިމާސް ކުރުމުން ގިނަ ބަޔަކު ލޭ ހަދިޔާކުރުމުން މިހާރު ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިފައިވާ ކަމަށް މޯލްޑިވަސް ބްލަޑް ސާވިސް (އެމްބީއެސް) އިން ބުނެފި އެވެ.

ސެންޓަރުން އާންމުންގެ އެހީއަށް އެދުނުއިރު އިއްޔެ އެކަނި ވެސް ވަނީ 91 މީހަކު އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކޮށްފަ އެވެ.

އެގޮތުން މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެމީހުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް މޯލްޑިވިއަން ބްލޮޑް ސާވިސަސްއިން ބުނެ އެވެ. 

އޭގެ އިތުރުން މޯލްޑިވިއަން ބްލޮޑް ސާވިސަސުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް 83 ފަރާތަކުން ވަނީ ލޭ ހަދިޔާކޮށްފައި ކަމަށެވެ. 

ކުރިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ލޭ ބޭނުންވާ ކުދިންނަށް ލޭ އާންމުކޮށް ދޭ ފަރާތްތަކަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ފޭބުން ފަދަ ކަންކަން މަނާކުރެވިފައިވާތީ ރިސޯޓުތަކުގެ މުވައްޒަފުންނަށް މިދަނޑިވަޅުގައި ލޭ ހަދިޔާ ނުކުރެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެެ. 

މިހެންކަމުން، ތެލެސީމިއާ ސެންޓަރަށް އައިސް އާންމުން ލޭ ދިނުމަކީ ތެލެސީމިއާ ސެންޓަރުގެ ވަރަށް ބޮޑު އެދުމެއްކަމަށް މަބްރޫކް ވިދާޅުވި އެވެ. 

ތެލެސީމިއާ ސެންޓަރަށް ދާ ފަރާތްތަކުން ވެސް ސިއްހީ ގޮތުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އެދެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!