އެސްއެމްއެސް މެދުވެރިކޮށް ކަރަންޓް ބިލް ލިބޭ ގޮތް ހަދައިފި

މޯބައިލް ނަންބަރު ހިއްސާ ކޮށްފައިވާ ކަސްޓަމަރުންނަށް ކަރަންޓް ބިލް ޕްރިންޓްކޮށްފައި ނުދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ މި ގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އެކުންފުނީގެ މޯބައިލް އެޕާއި އަދި ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަމްބަރު ދީފައިވާ ފަރާތްތަކަށް ކަރަންޓްބިލް ފޮނުވާނީ އެސްއެމްއެސްއެއްގެ ޒަރިއްޔާއިން ކަމަށެވެ. ނަމަވެސް މޯބައިލް ނަންބަރު ހިއްސާ ނުކުރާ ފަރާތްތަކަށް ކުރިއެކޭވެސް އެއްތފަދައިން ޕްރިންޓް ކޮށްފައިވާ ކަރަންޓް ބިލް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުން މޯބައިލް އެޕް ފޯނަށް ޑައުންލޯޑްކޮށް އެ އެޕް މެދުވެރިކޮށް ކަރަންޓްބިލްތައް ދެއްކުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކި އެކި ކުންފުނިތަކުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލް ޕޭ ކުރާ ފަރާތްތަކުން އޮންލައިންކޮށް ޕޭ ކުރުމަށް ކުންފުނިން ތަކުން ވަނީ އެދިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!