އޮޅުވެލި ބީޗް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފަކު މަރުވެފައި އޮށްވާ ފެނިފައިވާ މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މަރުވެފައި އޮށްވާ ފެނުނު މީހާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިންކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އޮޅުވެލި ބީޗުގައި މަސައްކަތް ކުރާ އުމުރުން 53 އަހަރުގެ ސްރީލަންކާ ރައްޔިތެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ރިސޯޓްގެ ޕޭސްޓްރީ ޝެފް އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.