ސިއްހީ އެހީތެރިންނަށް އިންޑިއާގެ ޝުކުރު

އިންޑިއާގައި އިއްޔެ 14 ގަޑިއިރުގެ ކާފިއު އިއުލާންކުރި އިރު، އެ ގައުމުގައި ބުރަކޮށް މަސައްކަތް ކުރާ ސިއްހީ އޮފިޝަލުންގެ މަތިން ހަނދާންކޮށް، ރައްޔިތުންގެ ޝުކުރު ތަފާތު ގޮތަކަށް އަދާކޮށްފި އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންވެސް ހިމެނެއެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން އަދި އެހެން އޮފިޝަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އިއްޔެ ހަވީރު 5 ޖެހި އިރު މުޅި ގައުމު ގުގުމާލީ އަތްތިލަބަޑިޖެހުމާއި ތެލިތަކާއި ތަވާ ފަދަ ތަކެތީގެ އަޑުންނެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ސިއްހީ އެހީތެރިންނަށް ޝުކުރު އަދާ ކުރުމަށް މުޅި ގައުމުގައި ފަސްގަޑި ސުންމިނިޓްގައި ފަސް މިނިޓްއަށް އަޑު ހިއްޕާލަން އެދިވަޑައިގެންފަ އެވެ.

ހަމަ އެހެންމެ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ވެސް ވަނީ މި ކަމުގައި ޝާމިލް ވެފައިއެވެ.

އެގޮތުގެ މަތިން މުޅި އިންޑިއާގައި ވަނީ މީހުންތަށް ގޭގެ ބެލްކަނީ ތަކާއި، ޓެރަސް އަދި ފުރާޅުމައްޗަށް އަރައި، ގޭގައި ގެންގުޅޭ އެކި ތަކެތިން ޖައްވުމުގައި އަޑު ހިއްޕާލައިފަ އެވެ.

މޯދީ ވިދާޅުވެފައި ވަނީ އިންޑިއާގައި އިއްޔެ ކާފިއު އިއުލާންކުރީ ކޮރޯނާވައިރަހުން ރައްކާރިވުމަށް ދެން އަޅަން ޖެހިދާނެ ފިޔަވަޅުތަކަށް ރައްޔިތުން ތައްޔާރު ކުރުމަށް ކަމަށެވެ.

އިންޑިއާގައި މިހާތަނަށް 425 މީހުންނަށް ކޮވިޑް-19 ޖެހި އަށް މީހުން ވަނީ މަރުވެފަ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!