ކޮވިޑް-19: ކަރަންޓީން ފެސިލިޓީ ތަކުގައި 496 ފަރާތެއް އެބަ ތިބި

ރާއްޖޭގެ އެކި ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 496 ފަރާތެއް ތިބި ކަމަށް މަބްރޫކްކޮވިޑް19 ގެ ތަރުޖަމާން މުހައްމަދް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާތަނަށް ރާއްޖޭގެ ގިނަ ރައްތަކެއް ކަރަންޓީން ފެސިލިޓީ އަށާއި އައިސޮލޭޝަށް ދީފައިވެއެވެ. އޭފެ ތެރޭގައި ވެލިދޫ އައިސޮލޭޝަން ފެސިލިޓީ، ފަން އައިލެންޑް، ބިޔާދޫ ކަރަންޓީން ފެސިލިޓީ، ކުޑަ ބަނޑޮސް، ދިއްގިރި، ހޮލިޑޭއި އައިލެންޑް ކަރަންޓީން ފެސިލިޓީ، އަދި ޑީއެޗް11 ގަ ތިބީ މިހާރު މި ބަލިން ރަނގަޅުވެ އެހެން ނަމަވެސް ކަރަންޓީން ކޮށްފައިވަ ދެ މީހަކާއި، ބައްޔަށް ޕޮޒިޓިވްވި އަދި ޑޮކްޓަރުން ގާތުން ބަލައި ފަރުވާ ދެމުންދާ އެކަކު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 5 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!