ކޮވިޑް-19: 660 ސާމްޕަލް ނެގެޓިވް، ނަތީޖާ ނުލިބޭ 13 ސާމްޕަލެއް

ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 660 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ އިތުރު 13 ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބަރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 660 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން ނަތީޖާ ނުލިބޭ 13 ސާމްޕަލްއެއް ހިމެނޭ ކަމަށެވެ. އެގޮތުން ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 637 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލެއް ނެތެވެ. ނަތީޖާ ނުލިބި ޕެންޑިންގައި ސާމްޕަލް ތިބިކަމަށް ބަލަނީ، އެ ސާމްޕަލްތައް ލެބަށް ލިބުމުންނެވެ. އެގޮތުން، އަދި ލެބަށް ނުލިބޭ ސާމްޕަލަތއް ވެސް އެބަ ހުއްޓެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ނޫން އެހެން ހުރިހާ މީހުން ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް މަޑުކުރަން ޖެހޭ ގޮތަށް ވަނީ އަންގާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއިއެކު އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 496 މީހުން އެބަތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!