ވިލިމާލޭގައި ހުމާއި ރޯގާއަށް ޚާއްސަކޮށްގެން “ފްލޫ ކްލިނިކް”އެއް ހުޅުވައިފިއެވެ.
މިއަދު ހުޅުވުމަށް ހަމަޖެހިފައިވާ މި ކްލިނިކަކީ ހުމާއި ރޯގާއަށް ޑޮކްޓަރަށް ދައްކަންދާ މީހުން، އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި، ވަކިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަދާ ކްލިނިކެކެވެ. ވިލިގިނލީގައި ހަދާފައިވާ ފްލޫ ކްލިނިކް ހުންނާނީ ވިލިމާލޭގައި އެންމެ ފަހުން ހަދާފައިވާ މިސްކިތް ކުރިމަތީގައެވެ.
ހުމާއ ރޯގާއަށް ޑޮކްޓަރަށް ދެއްކުމަށް ވިލިމާލޭގައި ހަދާފައިވާ ކްލިނިކްގެ ޚިދުމަތް ލިބޭނީ ކޮންމެ ދުވަހެއްގެ ހެންދުނު 10:00އިން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މި ކްލިނިކްގެ ޚިދުމަތްދޭނީ އެއްވެސް ފީއަކާ ނުލައެވެ.
ފްލޫ ކްލިނިކްތަކަށް ޑޯކްޓަރަށް ދައްކަންޖެހެނީ ވޭތުވެދި 14 ދުވަހުގެ މުއައްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކެވެ.