އާޔޫޝް ޝަރުމާ ކުޅުނު ވީޑިއޯ ލަވަ ދައްކާލައިފި

އާޔޫޝް ޝަރުމާ އާއި ސާއި މަންޖްރޭކަރު ކުޅުނު ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

އެ ދެ މީހުންގެ ލޯބީގެ ވާހަކައެއް ކިޔައިދޭ “މަންޖާ” ގެ ނަން ދީފައިވާ މި ލަވަ އަކީ ވިޝާލް މިޝްރާ ކިޔާފައިވާ ލަވައެކެވެ.

އާޔޫޝް އަކީ 2018 ގައި ފިލްމު “ލަވްޔާތުރީ” އިން ބޮލީވުޑަށް ތައާރަފުވި ސަލްމާން ޚާންގެ ޅިޔަނެވެ. އަދި ސާއީ އަކީ މިދިޔަ އަހަރު ސަލްމާންގެ “ދަބަންގް 3” އިން ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!