ކޮވިޑް-19: އިންޑިއާގެ 80 ސިޓީއެއް ބަންދުކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި މުމްބާއީ، ކޮލްކަތާ، ޗެންނާއީ އަދި ބެންގަލޫރު ހިމެނޭ ގޮތަށް 80 ސިޓީއެއް ބަންދުކޮށްފި އެވެ.

އިންޑިއާގެ ސިޓީތަކާއި ބައެއް ސްޓޭޓްތައް ބަންދު ކުރަނީ މި މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރޭލް، މެޓްރޯ އަދި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ބަހުގެ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ގިނަ ސްޓޭޓްތަކުގައި މިހާރު ވެސް ވަނީ މާރުކޭޓްތަކާއި ސިނަމާ، ޝޮޕިން މޯލް، ސްކޫލް، ކޮލެޖް އަދި ޖިމްތައް ބަންދުކޮށްފަ އެވެ. ގިނަ ސިޓީތަކެއްގައި ވަނީ ސެކްޝަން 144 އަށް އަމަލު ކުރަން ފަށައިފަ އެވެ. އެއީ ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކުރުމެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ދިއްލީގެ ބޯޑަރު ބަންދުކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންކޮށްފައި އޮންނަ މުއްދަތުގައި ދިއްލީގައި ޓެކްސީ، އޮޓޯ-ރިކްޝޯ ފަދަ ވެހިކަލްތައް ދުއްވުން މަނާވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!