އެމިރޭޓްސް ވަގުތީ ގޮތުން ހުއްޓާލަނީ

އެމިރޭޓްސް އެއާލައިންގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ދުބާއީގެ އެމިރޭޓްސް ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް އަދި ބައެއް ގައުމުތަކުން ބޯޑަރު ބަންދުކޮށްފައިވާތީ ދިމާވަމުންދާ ދަތިތަކާއި ގުޅިގެން ކަމަށެވެ.

ޕެސެންޖާ ފްލައިޓުތައް މެދުކަނޑާލި ނަމަވެސް ކާގޯ އޮޕަރޭޝަންސް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދަތުރުތައް ހުއްޓާލި ނަމަވެސް ވަޒީފާތައް މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަމަވެސް ތިން މަސް ދުވަހަށް މުވައްޒަފުންގެ މުސާރަ އިން 25 އާއި 50 ޕަސެންޓާއި ދެމެދުގެ އަދަދެއް އުނިކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިހާރުގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާނެ ކަމަށާއި، ހާލަތު ބަދަލުވީހާ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ ކަމަށްވެސް އެމިރޭޓްސް ގްރޫޕުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!