އިމާރާތެއްގެ ހަތް ވަނަ ބުރިން މީހަކު ވެއްޓިއްޖެ

މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތް ވަނަ ފްލޯއިން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

މާފަންނުގައި ހުރި އިމާރާތަކުން ބިދޭސީ މީހާ ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 06:19 ހާއިރު އެވެ.

އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކެމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައި ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!