ލަންކާއިން އައި ބޯޓުގައި ހުރި ބިދޭސީ މީހާގެ ސާމްޕަލް ނެގެޓިވް

ލަންކާ އިން ރާއްޖެ އައި ބޯޓެއްގައި ހުރި ބިދޭސީއެއްގެ ފަރާތުން އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި މީހާގެ ނަތީޖާ ބައްޔަށް ނެގެޓިވް ވެފައިވާާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް މިއަދު ވިދާޅުވީ ސްރީލަންކާއިން ރާއްޖެއަށް އައި “އެލިއޯން” ނަމަކަށް ކިޔާ އުޅަދުގައި ހުރި ބިދޭސީ މީހާގެ ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ. ނަމަވެސް އޭނާ ހުޅުލޭ އައިލޭންޑް ހޮޓަލަށް އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އޭނާ ނެގެޓިވް ވުމުން އެ ބޯޓު މޮނީޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!