ދެ ރިސޯޓަކުން ޓެސްޓުކުރި މީހުން ނެގެޓިވް

ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ދެ ރިސޯޓަކުން ޓެސްޓުކުރި މީހުންގެ ނަތީޖާ ބައްޔަށް ނެގެޓިވް ވެފައިވާާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އަދާރަން ކްލަބް ރަންނާޅި އަދި ސެންޓްރާ ގްރޭންޑުން ދެ ދިވެހިންގެ ގައިން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ. މި ދެރަށްވެސް އާއްމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެެ.

މީގެ އިތުރުން، ސިނަމަން ހަކުރާ ހުރާ އަދި ވެލިގަނޑު އޮތީ މޮނިޓަރިން ހާލަތުގައިކަމަށާއި،އެއީ އަދި ނަތީޖާ ނުލިބިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!