ބްރޯޑްކޮމް ލިސްޓުގެ ކުރީގައި އަނާ އާއި ފަޒީން ހިމަނައި ކޮމިޓީ ރިޕޯޓް ފޮނުުވައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަން ލިސްޓުގެ އެންމެ ކުރީގައި އޮތް މަޝްހޫރު ޕްރެޒެންޓަރު، ޝިފްލާ އިބްރާހިމްގެ ނަން އުނިކުރުމަށްފަހު، ވީޓީވީގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ (އަނާ) އާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަން ލިސްޓުގެ ކުރީގައި ހިމަނައި ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި، ބްރޮޑްކޮމްގެ މެންބަރުކަމަށް ހޮވަން، ވޯޓް ނަގަން ތަޅުމަށް ފޮނުވާ ލިސްޓްގެ ކުރީގައި އޮތީ ވީޓީވީގެ ސީނިޔާ އެޑިޓަރު އަމިނަތު އަމީނާ (އަނާ) އާއި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިދިޔަ މަހު 12 ވަނަ ދުވަހު މަޖިލީހަށް ފޮނުވި ލިސްޓުގައި އެ މަގާމަށް 15 މީހެއްގެ ނަން ފޮނުވި އެވެ.

އެ ނަން ލިސްޓު ދިސާރާކޮށް، އެ ލިސްޓުގައި ހިމެނޭ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ނަން ލިސްޓުގައި ހިމެނެނީ ހަތް ބޭފުޅުންގެ ނަމެވެ.

ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ނަންލިސްޓް، ތަރުތީބުން:

  • އާމިނަތު އަމީނާ (އަނާ) – ވީޓީވީގެ ސީނިއާ އެޑިޓަރު
  • މުހައްމަދު ފަޒީން – ރާއްޖެޓީވީގެ ނޫސްވެރިޔާ
  • ޒުބައިރު އަހްމަދު މަނިކު – ގ. މަލްވިން، މާލެ
  • އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު – ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު
  • އިސްމާއިލް ސާޖިދު – މއ. ވިލާރޮދި، މާލެ
  • އަހްމަދު ހަލީލު – މއ. ހަތާ، މާލެ
  • އަހަމްދު ފައިރޫޒް – ސަންގު ޓީވީ ޕްރެޒެންޓަރު

 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!