ސަރުކާރު ބަންދުކުރި ނަމަވެސް، ބިދޭސީންގެ ބައެއް ހިދުމަތްތައް ލިބޭނެ: އިކޮނޮމިކް މިނިސްޓްރީ

ސަރުކާރު ބަންދުވިޔަސް، ބިދޭސީންގެ ވޯކް ވިސާގެ ހިދުމަތްތައް ދޭ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ބައެއް ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ސަރުކާރު ބަންދުވުމާ ގުޅިގެން އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްއްވެސް މެދުކަނޑާލެވިފައިވާ ކަމަށެވެ.

ނަމަވެސް މި މުއްދަތުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރާއްޖޭގައި މަސައްކަތް ކުރުމުމުގެ ހުއްދަ ހަމަވެއްޖެނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް ވެސް ދޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންަލއިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!