ކަށު ނަމާދު ކުރާނީ ހަމައެކަނި ދެ މިސްކިތެއްގައި

މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކަށު ނަމާދު ކުރާނީ ހަމައެކަނި ދެ މިސްކިތެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މިމަހުގެ 28 ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކަށުނަމާދު ކުރެވޭނީ ހުޅުމާލޭ ސަހަރާ މިސްކިތާއި މާލޭ އާސަހަރާ މިސްކިތުގައި  އެކަނި ކަމަށެވެ.

މި ދެ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގި ގޮވާތާ ބައިގަޑިއިރު ފަހުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ ވީ އެންމެ އަވަހަކަށް ކަށުކަމާކެމީގެ ކަންތައް ނިންމުމަށް އެދޭ ކަމަށެވެ.

ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. ސަރުކާރުން އިލްތިމާސް ކޮށްފައިވަނީ ގޭގައި ނަމާދު ކުރެވޭ ފަރާތްތަކުން ގޭގައި ނަމާދު ކުރުމަށެވެ.

ގޭގައި ނަމާދު ނުކުރެވޭ ފަރާތްތަކުން މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުރަހެއް ނެތް ކަމަށާއި މިސްކިތުގައި ނަމާދުކުރާއިރު ހަ ފޫޓުގެ ދުރުމިން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެއީ ކޮވިޑް-19 ކޮންޓްރޯލްކުރުން ސޯޝަލް ކޮންޓެކްޓް މަދުކުރަން ޖެހޭތީ އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!