ކުޅުދުއްފުށީގައި ފްލޫ ކުލިނިކެއް ހުޅުވައިފި

ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ހިދުމަތް ދިނުމަށް ހދ. އަތޮޅު ކުުޅުދުއްފުށީގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ކުޅުދުއްފުށިގައި ފުލޫ ކްލިނިކެއް ގާއިމް ކޮށްފައިވަނީ އެ ރަށުގައި ކުރިން ބޭނުން ކުރަމުން އަންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައެވެ.

މި ކްލިނިކްގެ ހިދުމަތް ހެނދުނު 09:00 – 12:00 އަދި މެންދުރު ފަހު 13:00 ން ހަވީރު 15:00 ލިބޭނެ ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މި ކްލިނިކަށް ދައްކާނީ ރޯގާޖެހި ހުން އަންނަތާ 4 ދުވަސް ނުވާނަމައެވެ. 4 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއްނަމަ ޑޮކްޓަރަށް ދައްކާނީ ހޮސްޕިޓަލަށްކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެއިތުރުން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެ ހޮސްޕިޓަލްގެ ހެލްޕްލައިން ނަންބަރު 7606688 ނުވަތަ ސެންޓަރުގެ ހެލްޕްލައިން ނަންބަރު 1676 އަށް ގުޅުމުން ދޭ އިރުޝާދުގެ މަތިން އަމަލު ކުރަން ހޮސްޕިޓަލުން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!