ގަޑިޔާތައް ވެސް ބަންދުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ގާޑިޔާތައް ވެސް ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހޮނިހިރު ދުވަހުގެރޭ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމަށް ހަމަޖައްސާފައިވާތީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ގާޑިޔާތައް ވެސް ބަންދުވާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެ އެންގުމާ އެއްގޮތަށް ގާޑިޔާތައް ބަންދުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 00:00 ޖެހިއިރުއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވާ އެހެނިހެން ހިދުމަތްތައް ދިނުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!