ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

މި ހާދިސާގައި ރޯކޮށްލާފައި ވަނީ ޕޮލިސް ލޯންޗު 34ގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 03:54 ހާއިރު ކަމަށެވެ.

އަދި އެމްއެންޑީއެފްއާ މައުލޫމާތު ހިއްސާކޮށް ފުލުހުން ލޯންޗު ކައިރިއަށް ގޮސް ބެލިއިރު، ލޯންޗުގެ ވާގަނޑު އޮތީ ކަނޑާލާފައި ކަމަށާއި މިކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ލޯންޗުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވިފައި ވަނީ ފަތިހު 5:00 ހާއިރު ކަމަށާއި އެ ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!