ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފިނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރަން އަންގައިފި

ކޮވިޑް-19 ވައިހަރާ ގުޅިގެން ދިވެހި އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާއިރު، އެކަމާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފިނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރިޕޯޓު ކުރަން އެ މިނިސްޓްރީއިން އެދެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، އެ މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރ (https://jobcenter.mv/) ގައި ރިޕޯޓުކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މި މައުލޫމާތުތަކާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެހެނިހެން ލިޔުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!