ލޮޓަސް އިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާކުރަނީ

ލޮޓަސް ފިހާރައިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އަށް ރަތްކާތެރިވުމުގެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 193 ރަށެއްގެ މިސްކިތްތަކަށް އަތް ދޮންނަ ފުޅި ހަދިޔާކުރުމަށް ނިންމާފައިވާކަމަށާއި މިހާރުވެސް ރާއްޖޭގެ ދެކުނުގެ ރަށްތަކަށްވަނީ އަތްދޮންނަ ފުޅި ފޯރުކޮށްދީފައިކަމަށް އޮންލައިން ނޫހެއްކަމަށްވާ ވޮއިސް އަށް މައުލޫމާތު ދެމުން ލޮޓަސްގެ މާކެޓިންގ ޑައިރެކްޓަރ ރުލާ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން އިރުޝާދު ދެނީ ގިނަ ގިނައިން އަތް ދޮވުމަށެވެ.

“އަޅުގަނޑުމެން މިތަކެތި ޑިސްޓްރިބުޓް ކުރުމުގެ މަސައްކަތް މި ކުރަނީ ރަށު ކައުންސިލްތަކާއި ގުޅިގެން އަދި މިހާތަނަށް ރަށު ކައުންސިލަރުންނާއި ދާއިރާތަކުގެ މަޖިލިސް މެންބަރުގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަން، ވަރަށް ހާއްސަ ކޮށް އަޅުގަނޑުމެންގެ ފަރާތުން މުޅި ރާއްޖެއަށް ޑިސްޓްރިބުޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ އުނގޫފާރު އަހްމަދު ޝާހިދުގެ ނަން ފާހަގަކޮށްލަން ބޭނުންވޭ” ރުލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!