ބޮޑުފުޅަދޫއިން ޝައްކުވި މީހާ ނެގެޓިވް

އއ. ބޮޑުފުޅަދޫއިން ކޮވިޑް-19އަށް ޓެސްޓް ކުރި މީހާގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެ ރަށުން ޝައްކުވީ އެ ރަށުގެ ގެސްޓްހައުސްއެއް ކަމަށްވާ ހޮލިޑޭ ވިލެޖްގެ ބިދޭސީއަކަށެވެ. އޭނާގެ ނަތީޖާ ނެގެޓިވްވުމުން ރަށް މޮނީޓަރިން ހާލަތު ނަގައި އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!