ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ފިލައިގެން ފުވައްމުލަކަށް ދިއުމުން ހައްޔަރުކޮށްފި

ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ފިލައިގެން ފުވައްމުލައް ސިޓީއަށް އައިސް ހުއްޓައި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެއީ މާލެ އަތޮޅުގައި ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފުންނެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ،

ރިސޯޓުން ފުރުން މަނާކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެއަށް އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރޭ ފުލައިޓް އިން ފުވައްމުލައް ސިޓީއަށް އައިސްފައިވާ ކަމަށާއި އެ ސިޓީ އިން ހުއްޓުވައި، ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!