ފުލުހުންފޯނު ތަކެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް، ސެމްސަންގް ގެލެކްސީ އެސް 4 ބްރޭންޑްގެ މޯބައިލް ފޯނަކާއި، އައިފޯން 6 އެސް ބްރޭންޑްގެ މޯބައިލް ފޯނެއްގެ އިތުރުން އެމްއައި 7 ޕްރޯ ބްރޭންޑުގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ފޯނު ތަކަކީ މި މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގޭގެ ފުރާޅުމަތިން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަަން ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފޯނު ތަކެކެވެ.

އެހެކަމުން މި ފޯނު ތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 451914 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފޯނާ ހަވާލުވެލެއްވުމަށް އެ ފަރާތުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!