ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ޚަރަދުގައި އެބައެއްގެ ޤައުމަށް ފޮނުވާލަނީ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ޚަރަދުގައި އެބައެއްގެ ޤައުމަށް ފޮނުވާލަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީން ފަށާފައިވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެއްވެސް ޓްރެވަލް ޑޮކިއުމެންޓެއް ނުވަތަ ވޯކް ވިސާއެއް ނެތް ބިދޭސީން، އަނބުރާ ޤައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ޓްރެވަލް ޑޮކިއުމެންޓެއް ނެތްނަމަވެސް އަނބުރާ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންނަށް، އެމީހަކު ނިސްބަތްވާ ޤައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަން މެދުވެރިކޮށް، އެ އިންތިޒާމްތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމާއި، އަނބުރާ ޤައުމަށް ދިއުމަށްދާ ޚަރަދު ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭން ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރުން ފަހިކޮށްދޭ މި ފުރުޞަތުގެ ތެރެއިން އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް ހާޟިރުވުމުގެ ބަދަލުގައި، ޕާސްޕޯޓް ނަންބަރ/ އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރ 7205648 އަށް ފޮނުވާލަދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!