ކަނީކާ ކަޕޫރު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް, ޕާޓީ ކުރި 400 މީހުން ކަރަންޓީން

ބޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭނާ، ބޭއްވި ޕާޓީއެއްގައި ބައިވެރިވި 400 މީހަކު ކަރަންޓީންކޮށްފި އެވެ.

އިއްޔެ އިންސްޓަގުރާމު މެދުވެރިކޮށް ކަނީކާ ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާއިރު އޭނާ ބުނީ މިދިޔަ ހަތަރު ދުވަހު އޭނާގެ ގައިން ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފައިވާ ކަމަށެވެ.

ލަންޑަނުގައި އުޅުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް ކަނީކާ ވަނީ ލަކްނޯގައި އޮތް ބޮޑު ޕާޓީއެއްގައި ބައިވެރިވެފަ އެވެ. އޭގެ އިތުރުން ވެސް ދެ ޕާޓީއެއްގައި އޭނާ ބައިވެރިވި އެވެ. ނޫސްތަކުން ބުނާ ގޮތުގައި މި ތިން ޕާޓީގައި ޖުމްލަ 400 އެއްހާ މީހުންނާއި އޭނާ ކޮންޓެކްޓްވެފައިވާ ކަމަށެވެ. 

މިހެންވެ އެންމެން ވެސް ވަނީ ކަރަންޓީންކޮށްފައި ކަމަށް ނޫސްތަކުން ބުނެ އެވެ.

ކަނީކާއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން އަލާމާތްތައް ފެނުންއިރު ވެސް ޕާޓީތަކުގައި ބައިވެރިވެފައިވާތީ ގިނަ ބަޔަކު އަންނަނީ މިއީ އޭނާގެ އިހުމާލުންވި ކަމެއް ކަމަށް ވެސް ބުނަމުންނެވެ. 


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!