އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސަކު ބައްޔަށް ޓެސްޓުކުރަނީ

އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު މިއަދު ފެނިއްޖެއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކްލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގްއަށް ލާފައިވާ ކަމަށެވެ. އެ ހާލަތުގައި ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!