ކޮރޯނާވައިރަހާ ގުޅިގެން ގަންގްބާއި ކަތިއަވާޅީގެ ޝޫޓިން މެދުކަނޑާލައިފި

އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަމުން އަންނަ ފިލްމު “ގަންގްބާއި ކަތިއަވާޅީ” ގެ ޝޫޓިން ވެސް ކޮރޯނާވައިރަހާ ގުޅިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަ އިރު، ފިލްމު ޝޫޓްކުރަނީ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ބޮޑެތި ސެޓްތަކެއްގަ އެވެ. “ގަންގްބާއީ” އަކީ 1970 ގެ އަހަރުތަކުގައި މުމްބާއީގައި އުޅުނު އަންހެން މާފިއާއެއްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

މީގެ ޓައިޓްލް ރޯލް އާލިއާ ކުޅޭ އިރު، ކާސްޓުންގެ ތެރޭގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ވިޖޭ ރާޒް ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!