Indian actress Sonam Kapoor poses as she arrives for the screening of the film "Once Upon a Time... in Hollywood" at the 72nd edition of the Cannes Film Festival in Cannes, southern France, on May 21, 2019. (Photo by Alberto PIZZOLI / AFP)

ކޮވިޑް-19: ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި

ކޮރޯނާވައިރަހުގެ ބިރު ބޮޑުވެފައި ވާތީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ފަސްކޮށްފި އެވެ.

ކާންސް ފިލްމު ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފްރެމޯޒް މިދިޔަ ހަފުތާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރު ބާއްވާ 73 ވަނަ ކާންސް ފިލްމު ފެސްޓިވަލް ބޭއްވުމާ މެދު އަންނަ މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށްގެން އަންނަ މަހުގެ 16 ގައި ނޫސް ކޮންފަރަންސެއް ވެސް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ކޮރޯނާވައިރަހުގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، ނޫސް ކޮންރެންސް ވެސް ނުބާއްވަން ނިންމައި ހުކުރު ދުވަހު ވަނީ ފެސްޓިލް ނުބާއްވާނެކަން އިއުލާންކޮށްފަ އެވެ. މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 12-23 އަށެވެ.


ނަމަވެސް ކޮރޯނާވައިރަސް ފެތެރެމުންދާތީ މި ހާލަތަކީ ފެސްޓިވަލް ބާއްވަން އެންމެ މުނާސަބު ވަގުތު ނޫން ކަމަށާއި މި ދަނޑިވަޅުގައި އެންމެ މުހިއްމީ އާންމު ސިއްހީ ރައްކާތެރިކަން ކަމަށް ކާންސްގެ އިންތިޒާމު ކޮމިޓީން ބުންޏެވެ.

އޭގައި ބުނީ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ފެސްޓިވަލް މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ބޭއްވިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!