ކޮވިޑް-19: ޗައިނާ އިން އައި ދިވެއްސަކު ކަރަންޓީނަށް

ކޮވިޑް-19އާ ގުޅިގެން ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކަރަންޓީނު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ޗައިނާއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދިވެއްސަކު، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ޗައިނާގެ އިތުރުން ކޮރޯނާވައިރަސް ފެތުރެމުން ދާ އިޓަލީ އިން މިއަދު ހެނދުނު ރާއްޖެ އައި ދެ ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަހަށް ރާއްޖެއިން ވަނީ އަށް ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އަށް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންގެ އިތުރުން ކުރަމަތި އައިލޭންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!