އިންތިޚާބު ފަސްކުރާ ނަމަ ބޮޑު ޚަރަދެއް ހިނގާނެ: އީސީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް އަހުމަދު ޝަރީފް ދެންމެ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި ލަފާދިނުމަށް އުފައްދާފައިވާ ގައުމީ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިހާތަނަށް ވެސް 25-30 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

އީސީގެ ރައީސް ޝަރީފްގެ މި ވާހަކަ ދެއްކެވީ ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިވަގުތަށް އިންތިޚާބު ފަސްކުރަން އެކި ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ ރައީސް އަދި އެމްއޭރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ސިޔާސީ އެކި ބޭފުޅުން ވެސް ގެންދަވަނީ އިންތިޚާބު ފަސްކުރުމަށް ގޮވައިލައްވަމުންނެވެ.

އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެއްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ފަސްކުރާކަށް ބޭނުމެއް ނުވެ އެވެ. އިދިކޮޅުން ބުނަނީ އިންތިޚާބު ފަސްކުރުމާ ގުޅޭ މަޝްވަރާ އަކަށް ދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރާ މަތިން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!