2 އަންހެނުންގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ބަލަނީ

މާލޭގައި ދެ އަންހެނެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ އަންހެނެއްގެ ގައިގައި ފިހިގަނޑަކުން ތަޅާ މަންޒަރެވެ. އެ މަންޒަރު ބަލަން މަގުމަތީގައި ގިނަ ބަޔަކު ތިބެއެވެ. އެކަމަކު، ވީޑިއޯގެ ވަކި ހިސާބަކުން ދެ އަންހެނުން ހުއްޓުވަން އެތަނުގައި ތިބި ބައެއް މީހުން މަސައްކަތް ކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގެ މައްސަލަ އިއްޔެ ހުށަހެޅުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވީޑިއޯ ދައުރުވާން ފެށުމާ ގުޅިގެން އާންމުން ވަނީ ވީޑިއޯ ކުރި މީހާ އަށާއި އެތަނުގައި ބަލަން ތިބި މީހުންނަށް ވަރަށް ހަޑި ހުތުރު ބަހުން ކޮމެންޓްކޮށްފައެވެ.

ދާދި ފަހުން ކުޑަ ދެ ކުއްޖަކު ހުޅުމާލޭ ފްލެޓެއްގެ ބެލްކަނީގައި ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް ނެގި މީހެއްގެ މައްސަލަ ހޫނުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!