އިސްލާހުތަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ގެޒެޓްކޮށްފި

އިތުރު އިސްލާހުތަކާއެކު އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ގެޒެޓްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދެކެވެ.

އަލުން ޤަވާއިދު ގެޒެޓްކޮށްފައިވަނީ އެ ޤަވާއިދުގައި ހުރި ބައެއް ކަންކަން އިސްލާހުކުރުމަށްފަހުއެވެ. މި ޤަވާއިދުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ތަންފީޒުކުރުމުގައި އަމަލު ކުރާނެ އަސާސްތައް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދު އެކުލަވައިލުމުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ލިބިފައިވާކަން މީރާއިން ފާހަގަކުރެއެވެ. ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހުށަހަޅަން ދެ ފަހަރެއްގެ މަތިން މީރާއިން ހުޅުވާލިއެވެ. އަދި ޙިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ހިޔާލު ލިބިފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދު ފުރަތަމަ ގެޒެޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!