ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ވިދާޅުވީ ކުރަމަތި އައިލޭންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓްކުރި ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓާލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 08 އަށް އަރާފައެވެ.