ޖުމްހޫރީ މައިދާނުން ގޮތް ނޭނގޭ ދަބަހެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ސަރަހައްދުން ފެނިފައިވަނީ ރަތް ކުލައިގެ ފޮއްޓެއް ކަމަށާއި މި ފޮށި އޮތީ ޑަސްބިނެއްގެ ކައިރީގައި ކަމަށެވެ.
އަދި މި ސަރަހައްދަކީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަހައްދެއް ކަމުން، މިފަދަ އެއްޗެއް ފެނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުން މިވަގުތު އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ، އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން ބަލައި ފާސް ކުރިއިރު، އޭގެ ތެރެއިން ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.