އާމްދަނީގެ ގޮތުގައި މިދިޔަމަހު މީރާއަށް 1.43 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފެބްރުއަރީމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އާމްދަނީގެ 43.7 އިންސައްތަ ޖީއެސްޓީގެ އާމްދަނީ ހިއްސާކުރާއިރު، އެއީ 625 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 413 މިލިއަން ރުފިޔާއެވެ.
ފެބްރުއަރީމަހު މީރާއަށް ގްރީން ޓެކްސްގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 166 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު 12.3 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ.