އިޓަލީން ރާއްޖެ އައި 2 ދިވެހިން ކަރަންޓީން ކުރަނީ

ކޮރޯނާވައިރަސް ފެތުރެމުން ދާ އިޓަލީން ރާއްޖެ އައި 2 ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، އިޓަލީގެ ވެރިރަށް ރޯމްއިން ފުރައިގެން މިއަދު ހެނދުނު އެނބުރި ރާއްޖެ އައި ދެ ދިވެހިން، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، މި ވަގުތު މީހުން ކަރަންޓީނު ކުރަނީ ކ. ވިލިވަރާއި ކ. ފަރުކޮޅުފުށީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!