ވިލަމަންދޫ ރިސޯޓުން ޝައްކުކުރެވުނު މީހާ ބައްޔަށް ނެގެޓިވް

ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ.ވިލަމަންދޫ ރިސޯޓު އައިލަންޑުން ބައްޔަށް ޓެސްޓްކުރި މީހާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، އޭނާ ކޮވިޑް-19 އަށް ނެގެޓިވް ވުމާއި ގުޅިގެން ވިލަމެންދޫ ރިސޯޓަށް އަރާ ފޭބުން މިހާރު ވާނީ ހުޅުވާލާފައި ކަމަށެވެ. އަދި އެ ރިސޯޓުގެ ކޮންޓެކްޓޤ ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކޮށްފައި ވަނީ، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ވިލަމެންދޫ އަށް ދިޔަ ވިލަމެންދޫގައި މަސައްކަތް ކުރާ މުވައްޒަފަކު ކަމަށް އެޗްޕީއޭން ވަނީ ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!