ކޮވިޑް-19: ސްކޫލްތައް ބަންދުކުރަން މެޑިކަލް އެސޯސިއޭޝަނުން ލަފާދީފި

ރާއްޖެ އިން ވެސް ކޮވިޑް-19 ފެނިފައިވާތީއާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑައިލަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ލަފާދީފިއެވެ.

އެ ޖަމިއްޔާ އިން ކުރި ޓުވީޓެއްގައި ބުނީ، މި ދުވަސްވަރު އާންމު އެއްވުންތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑައިލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެގޮތަށް އަމަލު ކުރަންޖެހެނީ މެޑިކަލް އެސޯސިއޭޝަނުން ބުނިގޮތުގައި، ކޮރޯނާވައިރަސް ފެތުރުނަ ނުދިމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ހިމެނޭ ޖަމިއްޔާގެ މި ގޮވައިލުން އައި ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިރޭ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސްކޫލެއް ބަންދުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ.

ކުޑަކުދިންގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފްއާ ސޯޝަލް މީޑިއާގައި މީހަކު މިއަދު ކުރި ސުވާލަކާ ގުޅިގެން އޭނާ ވެސް ވިދާޅުވީ، މި ދުވަސްވަރު އެންމެ ބުއްދިވެރީ ސްކޫލްތައް ބަންދު ކުރުމެވެ. ޑރ. ނިޔާފްގެ ހިޔާލަކީ މި ހާލަތުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައި ދިނުމެވެ.

ކޮވިޑް-19 އާ ގުޅިގެން، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ބާއްވާ އެއްވުންތައް ނުބޭއްވުމަށް ސަރުކާރުންނާއި ސިއްހީ ދާއިރާގެ އޮފިޝަލުން ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!