ސެނެހިޔާގައި ފްލޫ ކްލިނިކެއް ހުޅުވައިފި

ކޮރޯނާވައިރަހާ ގުޅިގެން މާލޭގައި ހުންނަ ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ކްލިނިކްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކަމަށެވެ. މިއީ އާންމުންނަށް ހުޅުވާލައިގެން ހިންގާ ކްލިނިކެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވިއިރު، މާލޭގައި މިއަދު ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ. ސިނަމާލެ ފުރަގަހުގައި އޮންނަ ހުސް ބިމުގައި ހުޅުވި މި ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

އަދި މިހާރު ވަނީ ފަސް ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)، ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) އަދި ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!