ކޮވިޑް-19: ރީތިރަށް ރިސޯޓަށް ވެސް އަރައި ފޭބުން މަނާ

މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޝަައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ރިސޯޓަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ އަލާމާތް ފެނުނު މީހާ ކަރަންޓީނުކޮށް އޭނާ ބައްޔަށް ޓެސްޓް ކުރުމުގެ މަސަައްކަތް ފަށާފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ ރީތި ރަށުގައި ހުރި ބިދޭސީ މީހާ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން އޭނާ ކޮންޓެކްޓްވީ މީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިޓަލީގައި ޗުއްޓީ ހޭދަކޮށްފައި އައި އާއިލާއެއްގެ ކުޑަ ކުއްޖެއްގެ ގައިންނެވެ.

ރީތި ރަށުގެ މެނޭޖްމަންޓުން ބުނީ އެ އާއިލާ އިޓަލީ އިން ފުރީ މިދިޔަ މަހު 22 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހުން ރަޝިޔާ އަށް ވެސް ގޮސް ރާއްޖެ އައީ މި މަހު 7 ވަނަ ދުވަހު ކަމަށާއި 8 މަހުގެ ކުޑަ ކުއްޖާގެ ކިބައިން ފެނިފައި ވަނީ ހުން އައުމުގެ އަލާމާތެއް އެކަނި ކަމަށެވެ. އެ ކުއްޖާގެ މައިންބަފައިންގެ ފަރާތުން ވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ރިސޯޓުން ބުންޏެވެ. އެހެންވެ މިއީ އޯވަރިއެކްޝަނެއްގެ ގޮތުގައި ރިސޯޓުން ސިފަކުރެ އެވެ.

ރީތިރަށް ރިސޯޓް ވަގުތީ ގޮތުން ބަންދުކުރުމާ އެކު ކޮވިޑް-19 އާ ގުޅިިގެން ކަރަންޓީނުކުރި ރިސޯޓްތަކުގެ އަދަދަކީ މިހާރު ފަހެކެވެ.

ވަން އެންޑް އޮންލީ ރީތި ރަށާއި، ބަތަލާގެ އިތުރުން ކުރެއްދޫއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓުވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!