ފޮޓޯ: ސީއެންއެމް

ސްކޫލްތައް ބަންދެއް ނުކުރާނެ: މަބުރޫކު

މިވަގުތު ސްކޫލްތައް ބަންދު ކުރުމުގެ ހާލަތެއް ނެތް ކަމަށް ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ ޔުނިވާސަލްގެ މުވައްޒަފު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިނަމަ، މާލޭ ސިޓީގެ ހާލަތު ބަދަލުވީސް ކަމަށާއި އެ ހާލަތް އައިނަމަ ސްކޫލްތައް ބަންދުކުރީސް ކަމަށެވެ.

ނަމަވެސް މާލެއިން ކަރަންޓީނުކުރި ޔުނިވާސަލްގެ މުވައްޒަފު ވަނީ ކޮރޯނާ ވައިރަހަށް ނެގަޓިވްފެފަ އެވެ. އެހެންވެ، މި ވަގުތު ހާލަތަށް ބަދަލެއް އައިސްފައިނުވާތީ، ސްކޫލްތައް ބަންދު ކުރުމުގެ ނިންމުމެއް ނެތް ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ސްކޫލްތައް ބަންދު ނުކުރި ނަމަވެސް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މި ދުވަސްވަރު ކުރިއަށް ނުގެންދަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ހަ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!