ހިންނަވަރުގައި އެކަހެރިކުރި މީހާގެ ނަތީޖާ ނެގަޓިވް

ޅ. ހިންނަވަރުގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެކަހެރިކުރި މީހާގެ ނަތީޖާ ލިބުނުއިރު އޭނާ ވައިރަހަށް ނެގަޓިވް ވެއްޖެ އެވެ.

ހިންނަވަރުގައި އެކަހެރިކުރި މީހާގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އިއްޔެ އޭނާގެ ސާންޕަލް އެ ރަށުގައި ބަހައްޓައިގެން ނަގާފައިވާއިރު ނަތީޖާ ވަނީ ނެގަޓިވްވެފަ އެވެ.

ހިންނަވަރުގައި މީހަކު އެކަހެރިކޮށްފައިވާއިރު އެ އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓެއްގެ ފަރާތުން ވަނީ ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއަށް ކޮރޯނާ ވައިރަސް އައީ އޭނާގެ ފަރާތުން ކަމަށް ބެލެވެ އެވެ. އޭނާގެ ފަރާތުން އެ ރިސޯޓްގެ ދެ މުވައްޒަފަކަށާއި ދެ ޓޫރިސްޓަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ހަ މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!