ސޫދާންގެ ބޮޑުވަޒީރު އަވަހާރަކޮށްލަން މަސައްކަތްކޮށްފި

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އަވަހާރަކޮށްލަން މަސައްކަތްކޮށްފިއެވެ.

ބޮޑުވަޒީރު ހަމްދޫކް އެޤައުމުގެ ވެރިރަށް ޚަރުތޫމުގައި ދަތުރުކުރައްވަމުންދިޔަ ކާރަށް އަމާޒުކޮށް ދިން ޙަމަލާއަށްފަހު އެނާގެ ޙާލު ރަނގަޅުކަމަށް ސޫދާންގެ ޤައުމީ ޓީވީން ބުނެއެވެ. އޭނާ މިހާރުވަނީ ރައްކާތެރި މަންޒިލަކަށް ގެންދެވިފައެވެ.

ސޫދާންގެ އިންތިޤާލީ ރައީސްކަންވެސް ކުރައްވާ ހަމްދޫކް އެމަޤާމަށް އިސްކުރެވުނީ ސޫދާނުގައި ގިނަ އަހަރުތަކެއްވަންދެން ވެރިކަން ކުރެއްވި ރައީސް އުމަރު އަލް ބާޝިރު މިދިޔަ އަހަރު މަޤާމުން ދުރުކުރުމުންނެވެ. އެޤައުމުގައި ބަޝީރާއި ދެކޮޅަށް ކުރި މުޒާހަރާތައް އޭނާ ވެރިކަމުން ފޭބި ފަހުންވެސް ކުރިއަށް ގެންދިޔުމުގެ ސަބަބުން، ސޫދާނުގެ އިޤްތިޞާދުވަނީ ހީނަރުވެފައެވެ. ހަމްދޫކުގެ ސަރުކާރުންދަނީ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުންނެވެ.

ސޫދާންގެ ޤައުމީ ޓީވީން ދެއްކި ވީޑިއޯއެއްގައި ހަމްދޫކު އަވަހާރަކޮށްލަން ދިން ޙަމަލާގައި ރިޔާސީ މޮޓޯކޭޑުގެ ވެހިކަލްތަކަކަށް ގެއްލުން ލިބިފައިވާތަން ފެނެއެވެ. ޙަމަލާ ދީފައިވަނީ ކޯބަރު ބްރިޖުގެ ދެކުނުންކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!