ޗައިނާއިން އައި ދެ ދިވެހިން ކަރަންޓީން މުއްދަތަށް ފަހު ދޫކޮށްލައިފި

އުސޫލުތަކުގެ ދަށުން ޗައިނާއިން ރާއްޖެ އައުމުން ކަރަންޓީން ކުރި ދެ ދިވެހިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދޫކޮށްލީ ޗައިނާއިން އެނބުރި އައުމުން ކަރަންޓީނު ކުރި އަންހެނަކާއި ކުޑަ ކުއްޖަކު ކަމަށެވެ.

އެދެމީހުން ކަރަންޓީނު ކޮށްފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. ނަމަވެސް އެމީހުން ކަރަންޓީނު ކުރީ ބަލި ފެތުރިފައިވާ ގައުމަކުން އައުމުން ކަމަށާއި، ބަލީގެ އަލާމާތެއް ފެނުމުން ނޫން ކަމަށް އެޗްޕީއޭ ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!